އަމުރާއި ހިލާފަށް ފަން އައިލެންޑުން އޮޅުވެއްޔަށް ފަތާފައި ދިޔަ މީހަކު މޫދުގައި އޮއްވާ ހައްޔަރުކޮށްފި

ފަން އައިލެންޑު ރިސޯޓު --

ރާއްޖޭގައި ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް ފަން އައިލެންޑުން ފަތާފައި އޮޅުވެއްޔަށް ދިޔަ މީހަކު މޫދުގައި އޮއްވާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އޭނާ އަކީ އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށެވެ. އަދި އޭނާ އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހާފަ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް މިގޮތަށް ފުލުހުން ވަނީ އެކި ފަރާތްތަކުން ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީއަށް ފަތާފައި އެރި މީހަކާއި ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކުރި އެވެ. އަދި ހއ. އަތޮޅުގެ ރިސޯޓަކަށް ދިޔަ މުވައްޒަފަކާއި ސަފާރީއަކުން ހުޅުމާލެއަށް އެރި މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތެއް ނެތެވެ.

Leave a Reply

Your email address will not be published. Required fields are marked *