ޗަމްޕާގެ ރިސޯޓުތައް ބަންދު ކުރަނީ

ޗަމްޕާ ހަސަން އަފީފް/ ފޮޓޯ- އަވަސް

ކޮވިޑް19 އާއި ގުޅިގެން ޗަމްޕާ ރިސޯޓްސް އިން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއްވެސް ތިން މަސް ދުވަހަށް ބަންދުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ޖުމްލަ 8 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 އަށް މީހަކު ޕްޒިޓިވްވި ކުރެއްދޫ އައިލެންޑް ރިސޯޓަކީވެސް ޗަމްޕާގެ ރިސޯޓެކެވެ.

އެ ހުރިހާ ރިސޯޓުތައް ބަންދު ކުރުމަށް ނިންމާފައިވައިރު، އެ ރިސޯޓްތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ނާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ގްރޫޕުން ހިންގަމުން އަންނަ 3 ރިސޯޓެއް އޭޕްރީލް 1 އިން ފެށިގެން ޖޫން 30 އާއި ހަމައަށް ބަންދު ކުރުމަށް ވަނީ ނިންމާފައިވާއިރު ފަސް ރިސޯޓެއް ބަންދު ކުރުމަށް ނިންމާފައި ވަނީ އޭޕްރީލް މަހުގެ 15 އިން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކަމަށް އެ ގްރޫޕުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.