ބޭރު ގައުމުތަކުގައި ތިބި އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނަކަ ނުދޭނަން: ސަރުކާރު

ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ސަން

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން ބޭރު ގައުމުތަކުގައި ތިބި ދިވެހިން ހާލުގައި ޖެހުނު ނުދެއްވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ،

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީން ކޮންމެ ދުވަހަކުވެސް ބަލަމުން އަންނަ ކަަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދޭންޖެހޭ ސަމާލުކަން މި ދަނޑިވަޅުގައި ސަރުކާރުން ދެމުން ގެންދާވަރު އިތުރު ކުރަމުން އަންނަ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކުން އެކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަބްރޫކް ވަނީ ތަކުރާރުކޮށް ފޮރިން މިނިސްޓްރީން އެކަމުގައި ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން މި ދަނޑިވަޅުގައި ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް ފޮރިން މިނިސްޓްރީން އަންނަނީ މީޑިއާތައް މެދުވެރިކޮށް ހަބަރުތައް ހިއްސާ ކުރަމުންނެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދާދިފަހުން ސްރީލަންކާގެ ފޮރިން މިނިސްޓަރާއި ގުޅުއްވާ ކަންކަން އޮޅުން ފިލުވާ ލައްވާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.