ލަންކާގަ ތިބި ދިވެހިން ގެންނަން ހާއްސަ ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަނީ

ސްރީލަންކަން އެއާ ލަިއންސް/ ފޮޓޯ- ފޯބްސް

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ގެނައުމަށް ހާއްސަ ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން ބުނެފި އެވެ.

އިނާ މޯލްޑްވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރި ޓުވީޓެއްގައި ވިދާޅުވީ، ލަންކާއިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ޗާޓާ ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ފްލައިޓް ބެއްވުމަށް މަސައްކަތް ކުރަމުންދަނީ މި މަހުގެ 27 ނުވަތަ 28 ވަަނަ ދުވަހު ކަމަށް ފިރާގް ވިދާޅުވިއެވެ. ނަމަވެސް މި ފްލައިޓު ބާއްވާނެ އަގު އަދި ފައިނަލް ނުކުރާ ކަމަށް ފިރާގް ވިދާޅުވިއެވެ.

https://twitter.com/mohamedfiraq/status/1242335943794835456?s=20

 

އޭގެ އިތުރަށް ފިރާގް ވިދާޅުވީ ލަންކާގައި ތިބި ގިނަ ދިވެހިން ރާއްޖެ އަނބުރާ އަންނަން ބޭނުންވާތީ އެމީހުން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރުމަށް ދެ ސަރުކާރާވެސް ވާހަކަ ދައްކަމުންދާ ކަމަށާއި، ހުއްދަ ލިބުނުހާ އަވަަކަށް ފްލައިޓު ބާއްވާނެ ކަމަށެވެ.

ފަނަރަހާއަށްވުރެ ގިނަ އަދަދަކަށް ދިވެހިން ދިރުއުޅެމުން އަންނަ ލަންކާގައި މިހާތަނަށް 97 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ވައިރަސް ޖެހިގެން ރަނގަޅުުވެފައިވަނީ ދެ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.