މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ސިޓީ-

މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާފަންނުގައި ހުންނަ އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި މީހަކު ވެއްޓިފަައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 21:43 ހާއިރު ކަމަށެވެ. ބިދޭސީ މީހާ ފެނިފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއިންނެވެ.

ފުލުހުން ބުނީ ވެއްޓިފައި އޮތީ 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އެމީހާގެ އަނގައިންނާ ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ. އަދި އެމީހާ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އައިޖީއެމްއެޗުން އެމީހާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *