އޭ ލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޫބަރު ނޮވެމްބަރުގައި ބާއްވަން ނިންމައިފި

ދަރިވަރުންތަކެއް އިމްތިހާނެއްގައި: ފޮޓޯ / މިހާރު

މިއަހަރުގެ މެއި އަދި ޖޫން ގައި ބާއްވާ އެޑެކްސެލް އޭލެވެލް އިމްތިހާނު އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަން ޖެހުމުގެ ސަބަބުން މިއަހަރުގެ މެއި އަދި ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭ ލެެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން މިގޮތަށް ނިންމާފައިވާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެޑިއުކޭޝަނުން ވަނީ މެއި އަދި ޖޫން މަހުގައި ބާއްވާ އިމްތިހާނާއި މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ހާމަކޮށްފައެވެ. މިހާރު ޔޫރަޕުގައި ހަލުވި ކަމާއެކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ މެއި އަދި ޖޫން ގައި ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައް ވަނީ ކެންސަލްކޮށްފައެވެެ.

އޭލެވްލް އެޑެކްސަލް އިމްތިހާނު ފަސްކުރުމަށް އެޑިއުކޭޝަނުން ނިންމާފައިވާއިރު މިއަހަރުގެ މެއި އަދި ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖު އޯ ލެވެލް އިމްތިހާނުވެސް ވަނީ ފަސްކޮށްފައެވެ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ސްކޫލުތައް ވެސް ވަނީ ދެ ހަފްތާގެ މުއްދަތަށް ބަންދު ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.