މުސަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ވަގަށް ނެގި މުސަޅުތައް/ ފޮޓޯ- ޕޮލިސް

ހދ. ކުޅުދުއްފުށިން މުސަޅުތަކެއް ވަގަށް ނެގި މައްސަލައިގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގެ ގެއަކުން ފަސް މުސަޅު ވަގަށް ނެގި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މި މަަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އަދި ވަގަށް ނެގި ފަސް މުސަޅުގެ ތެރެއިން ހަތަރު މުސަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭގެތެރެއިން އެއް މުސަޅު އަދިވެސް ފެނިފައިނުވާތީ، އެ މުސަޅު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *