ފެލައިނީއާ މިހާތަނަށް 20 މީހަކު ކޮންޓެކްޓްވި

ފަލައިނީ/ ފޮޓޯ- ގޫގުލް

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މަރުއަން ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާއާ 20 މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ސަރުކާރުގެ ފަރާތުން ކޮވިޑް19ގެ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާން މަބަރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ފެލައިނީ އާއި ޑައިރެކްޓް ކޮންޓެކްޓްވި 20 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާއި، އޭގެތެރެއިން ހިމެނޭ 5 މީހުންނަކީ ރީތި ރަށް ރިސޯޓުގެ މީހުން ކަމަށާއި އަދި އެ ހުރިހާ ފަރާތްތައްވެސް ތިބީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ބާކީ 15 މީހުންނަކީ އެމްއޭސީއެލްގެ މުވައްްޒަފުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފެލައިނީއާ ކޮންޓެކްޓުވި މީހުން ތިބި ގެތަށް ވެސް ސަރުކާރުން ވަނީ މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައެވެ. ނަމަވެސް މަބްރޫކް މިރޭ ވިދާޅުވީ ދެ މީހުން ވެސް ޓެސްޓު ކުރިއިރު ކޮވިޑް19 އަށް ނެގެޓިވްވެފައިވުމުން، އެ ގެތަށް މޮނީޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. އެ މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ އަށް މީހަކަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.