އިދިކޮޅު ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް ފަސްޓް ލޭޑީގެ ރައްދު، ފިތުނު އުފެއްދުމަކީ ދެރަ ކަމެއް!

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު: ފޮޓޯ / ރައީސް އޮފީސް

ފިތުނަ އުފެއްދުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ސޯޝަލް މީޑިއާގެ އެކްޓިވިސްޓަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ރައްދު ދެއްވައިފިއެވެ.

"ޕޮކަންޑި މޭން" ގެ ނަމުގައި ޓްވީޓާ އަދި ފޭސްބުކްގައި ހަރަކާތްތެރިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ވަނީ ފަސްޓް ލޭޑީ ފަޒްނާ އިންސްޓަގްރާމުގައި މިދުވަސްވަރަށް ބޭރުގައި ދުވުން ހުއްޓާލި ކަމަށް ވިދާޅުވެ ކުރެއްވި ފޮޓޯއެއް ދައުރު ކޮށްފައެވެ. އަދި ރައްޔިތުން ގާތުގައި ގޭގައި މަޑު ކުރާށޭ ކިޔާ ފަސްޓް ލޭޑީ އުޅުއްވަނީ އަބަދު ރަށު ތެރޭގައި ކަމަށްވެސް އެ ފޮޓޯ ޕޯސްޓު ކުރުމަށްފަހު އިދިކޮޅު ސޯޝަލް މީޑިއާ އެކްޓިވިސްޓު ފޭސްބުކްގައި ބުނެފައިވެއެވެ.

އެ ވާހަކަތައް ރައްދު ދެއްވާ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެކަމަނާގެ ފޭސްބުކްގައި ވިދާޅުވީ އެ ފޮޓޯއަކީ ބޭރުގައި ދުވުން ހުއްޓާލި ކަމަށް ވިދާޅުވެ އެކަމަނާ އިންސްޓަގްރާމުގައި ކުރެއްވި ޕޯސްޓެއް ކަމަށެވެ. އަދި އެ ޕޯސްޓު ލިޔުނު މީހާގެ ސަމާލު ކަމަށް އެކަން ގެނައުމުން އެ ކޮމެންޓު މިހާރު ޑިލީޓު ކޮށްލާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފިތުނަ އުފެއްދުމަކީ ދެރަ ކަމެއް ކަމަށެވެ.

ފަސްޓް ލޭޑީ ފަޒްނާ އަކީ ރާއްޖޭގައި ބާއްވާ މެރަތަންތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަނބަލެކެވެ. އެގޮތުން ދާދިފަހުން ވެސް އެކަމަނާ ޓީއެފަޖީ “ކޮކާކޯލާ ރަން އިން ލާމު 2020” ގައި ފުލް މެރެތަން އެއް ފުރިހަމަ ކުރައްވައިފިއެވެ. 42 ކިލޯމީޓަރުގެ މި މެރެތަން އެކަމަނާ ނިންމެވީ 5 ގަޑިއިރު 39 މިނެޓުންނެވެ. މިފަދަ މެރެތަން އެއް ނިންމި ފުރަތަމަ ފަސްޓް ލޭޑީ އަކީ ކެންޔާގެ ފަސްޓް ލޭޑީ މާގަރެޓް ކެންޔާޓާ އެވެ. އުމުރުފުޅުން 49 އަހަރުގައި މާގަރެޓް ވަނީ 2014 ވަނަ އަހަރުގެ ލަންޑަން މެރެތަން ގައި 42 ކިލޯމީޓަރު އިވެންޓުގައި ދުވެފައެވެ. އެކަމަނާމެރެތަން ނިންމީ 7 ގަޑިއިރު 4 މިނިޓުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *