ދެވަނަ ދައުރަކަށް އިލެކްޝަންސް ކޮމިޝަނަށް އަކްރަމް އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ މިހާރު ނައިބު ރައީސް އަހުމަދު އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކޮށްފިއެވެ.

އަކްރަމްގެ މަގާމުގެ މުއްދަތު މި މަހުގެ 23ގައި ހަމަވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އަކްރަމްގެ ނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 72 އަގުލަބިއްޔަތުން މިދިޔަ ހަފްތާގައެވެ.

އޭނާގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އޭނާއަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގެ ކުރީގައި ވެސް އޮތީ އޭނާގެ ނަމެވެ.

އަކްރަމް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އަށް މަގާމުގެ ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ދެން ތިއްބެވީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ފުއާދު ތައުފީގެވެ.

އަކްރަމް އީސީގެ މެމްބަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *