ކޮވިޑް19: އިސްލާމިކް ބޭންކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މެއިލްކުރުމަށް އެދިއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކް/ ފޮޓޯ- ގްލާބަލް އެތިކަލް ބޭންކިންގް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މެއިލްކުރުމަށް އެ ބޭންކުން އެދިއްޖެއެވެ.

އެމްއައިބީ އިން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ބޭންކަށް ފޮނުވާ ސިޓީތަކާއި އިންވޮއިސްތަކާއި، ޑޮކިއުމަންޓްތަކާއި އަދި އެހެނިހެން ލިޔެކިޔުންތައް އެބޭންކުގެ އީމެއިލް އެޑްރެސްއަށް ފޮނުވުމަށް އެދިފައެވެ.

އަދި އެގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ ކޮވިޑް19 އަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އާންމުން އެ ބޭންކަށް ޒިޔާރަށް ކުރުން މަދުކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން ކަމަށް އެމްއައިބީ އިން ބުނެފައެވެ.

ނަމަވެސް ކޮންމެހެން ބޭނުންވެގެން ކަރުދާސް ޑޮކިއުމެންޓެއް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި މެދު ޒިޔާރާތްމަގުގައި ހުންނަ ބޭންކުގެ ހެޑް އޮފީހުގެ އޭޓީއެމް ސެންޓަރުގައި ގާއިމް ކޮށްފައިވާ ޑްރޮޕް ބޮކްސްއަށް ލިޔެކިޔުންތައް ލުމަށް ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.