ކޮވިޑް19: ޔޫރަޕުން އައި ދިވެއްސެއް ޓެސްޓު ކުރަނީ

ކޮވިޑް-19 އަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ދިވެއްސެއްގެ ގައިން  ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގެންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭއިން ބުނީ މިމީހާއަކީ ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށް އެނބުރި ރާއްޖެ އައިސްފައިވާ މީހެއް ކަމަށެވެ. އަދި މިމީހާގެ ގައިން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލަމާތްތައް ހުރެގެން އެމީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން މީގެ ކުރިންވެސްވަނީ ރާއްޖެއިން ބޭރަށް ގޮސް ރާއްޖެ އައި ބައެއް ދިވެހިންގެ ގައިން އަލާމާތްތައް ފެނިގެން ކޯވިޑް 19އަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް މިހާތަނަށް ނަގާފައިވާ މިފަދަ ހުރިހާ ސާމްޕަލްތައްވަނީ ނެގެޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. އަދި ބާކީ 10 މީހުންނަށް އަދިވެސް ފަރުވާދެމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.