މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލާ ފާސްކޮށް 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނގައި އަތުލައިގެން ތަކެތި --

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލާ ފާސްކޮށް 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަނަކީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓު (ޑީއީޑީ)އިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި ޖުމްލަ 10 ގެއެއް ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ 9 ކިލޯއަށްވުރެ ގިނަ ޑައަމޯފިންއާ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި ގިނަ މީހުންނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ތަފާތު ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. ހައްޔަރުކުރި މީހުންގެ އުމުރަކީ 24 އަހަރާއި 50 އަހަރާއި ދެމެދެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހާ ދޫކޮށްލީ ޝަރުތުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *