ސިފައިންގެ ވަޒީފާއަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރި، އަދި މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން،  އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގަ އި ހުރި މީހަކު ކަމުގައި ވުމެވެ.

އޭގެ އިތުރުން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، ފިރިހެނެެއް ނަމަ އިސްކޮޅުގައި ފަސް ފޫޓް ފަސް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓް ތިން އިންޗި ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެ އެވެ.

އަދި ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެ ކަމަށް އިއުލާންގައި ބުނެ އެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައި މި މަހު ކުރި އިއުލާނުގެ މުއްދަތު ހަމަވީ އިއްޔެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *