ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވާ ޕޯސްޓެއް-

ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އުޅޭ މައްސަލައެއް މިރޭ 7:58 އެހާކަށްހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 24 އަހަރުގެ ދިވެހި ފިރިހެނެއް، ކޯޓު އަމުރެެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ހިސާބުން މިފަދަ އެތައް މައްސަލައެއް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި އެކަމުގެ ސަބަބުން ޖެންޑާ މިނިސްޓްރީއަށާއި އޭރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ދިޔައީ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަމުންނެވެ. އެކަމުގެ ސަބަބުން ޝިދާތާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *