ތިން ރިސޯޓަކުން ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެ

ސެންޓާރާ ރިސޯޓު --

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ތިން ރިސޯޓަކުން ސާމްޕަލްތައް ނެގި މީހުން އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެގޮތުން ނެގެޓިވްވެފައި ވަނީ ވެލިގަނޑު އައިލަންޑް ރިސޯޓްއިން ޓެސްޓްކުރި ބިދޭސީ މީހާގެ ސާމްޕަލްއާ ކ. އަދާރަން ކްލަބް ރަންނާޅިގެ ދިވެއްސަކާއި އދ. ސެންޓަރާ ގްރޭންޑް ރިސޯޓުގެ ދިވެހި މީހާގެ ސާމްޕަލްއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޖުމްލަ 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އޭގެތެރެއިން ތިން މީހަކު އެ ބައްޔަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ ސަރުކާރުން ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މި ހާލަތުގައި މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކޮށްފައިވާއިރު ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވެސް ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.