އިދިކޮޅު ކޯލިޝަނުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލޭ ހަދިޔާ ކުރައްވަނީ: ފޮޓޯ / ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

ތެލްސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ގޮތުން ޕީޕީއެމް އިން އިސްނަގައިގެން މިއަދު މާލޭގައި އެ ހަރަކާތް ކުރިޔަށް ގެންދިޔަ ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅު ތެރޭގައި ވެސް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

https://twitter.com/ppm_progressive/status/1241709144236863488?s=20

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. ސަރުކާރު ބަންދު ކުރުމާ ގުޅިގެން ހަފްތާ ބަންދުގައި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތް ނުދޭގޮތަށް ކުރިން އޮތީ ނިންމައިފައެވެ. ނަމަވެސް ލޭ ލިބުން ދަތިވުމާ ގުޅިގެން، ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އެމްބީއެސްގެ އޮފީސް އިއްޔެ ވަނީ ހުޅުވައިފައެވެ. އަދި މިއަދު ވެސް ހެނދުނު 10:00 ޖަހާއިރު ބްލަޑް ބޭންކް ވަނީ ހުޅުވާފައެވެ.

ލޭ ހަދިޔާކުރުމުގައި ވެސް "ސޯޝަލް ޑިސްޓޭންސިން" އަށް އިސްކަންދީ، އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމް ތެލެސީމިއާ ސެންޓަރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.