އިމާރާތް ކުރަމުން އަންނަ ތަނެއްގެ ހަތްވަނަ ފަންގި ފިލާއިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

މާލޭގައި ތަނެއް އިމާރާތް ކުރަނީ --

މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ހަތްވަނަ ފަންގި ފިލާއިން ބިދޭސީ އަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި އިމާރާތް ކުރަމުން ދިޔަ ތަނެއްގެ ހަތްވަނަ ފަންގިފިލާއިން ބިންމައްޗަށް ބިދޭސީއަކު އުޅޭ ކަމުގެ މައުލޫމާތު މިރޭ 18:19 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި އިމާރާތް ކުރާ ފަރާތްތަކުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލޭގައި ދާދިފަހުންވެސް އިމާރާތް ކުރަމުން ދިޔަ ތަނެއްގެ ވައި ގޮޅިއަކަށް ބިދޭސީއަކު ވަނީ ވެއްޓި އަނިޔާވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *