އެންގުމާއި ހިލާފަށް ސަފާރީއަކުން ހުޅުމާލެ އަށް ފޭބި މީހަކު ހައްޔަރުކޮށްފި

ސަފާރީތަކެއް --

ރާއްޖޭގައި ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 18:15 ހާއިރު ހުޅުމާލެ ބަނދަރުގައި އޮތް ސަފާރީއެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީ އިން ހުޅުމާލެ އަށް ފޭބުމަށްފަހު އަދި ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިޔުމުން ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.