ރަންނާޅިއާ ސެންތާރާއިން ޓެސްޓުކުރި މީހުން ނެގެޓިވް

ސެންޓާރާ ރިސޯޓު --

ކުލަބް ރަންނާޅި ރިސޯޓާއި ސެންތާރާ ގްރޭންޑް ރިސޯޓުން ޓެސްޓުކުރި ދެ ދިވެހިން ކޮވިޑް19 އަށް ޓެސްޓު ކުރުމުން އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ނަތީޖާ ނެގެޓިވް ކަމަށް ދައްކާފައިވަނީ ކުލަބް ރަންނާޅި ރިސޯޓާއި ސެންތާރާ ގްރޭންޑް ރިސޯޓުން ޓެސްޓުކުރި ދެ ދިވެހިންގެ ކަމަށެވެ.

މީގެއިތުރުން ލަންކާއިން ރާއްޖެއައި ބޯޓަކުން ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހާ ވެސް އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭނާ މިވަގުތު ހުރީ އެޗްއައިއެޗުގެ ކަރަންޓީން ފެސިލިޓީގައި ކަމަށްވެސް މަބްރޫކް ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.