ހުޅުމާލޭގައި އޮންލައިންކޮށް ނުވަތަ ގުޅައިގެން ވިޔަފާރި ކުރުމަށް އެދިއްޖެ

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ހުޅުމާލޭގައި އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް ހައުސިން ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އެޗްޓީސީ) އިން އެދިއްޖެ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުންނާއި އެބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރާ ގުޅިގެން އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ގޭގައި ތިއްބެވުމަށް އިލްތިމާސްކޮށްފައިވާތީ އެ ކޯޕަރޭޝަނުގެ އެދުމަކީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ތަކެތި ގަތުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން އެޗްޑީސީން އެކަމަށް ހާއްސަކޮށް ތައްޔާރު ކުރި ވެބްސައިޓުން ފިހާރަތަކުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ދިނުުމަށް ވެސް އެދޭ ކަމަށާއި ވެބްސައިޓުން އެފަރާތެއްގެ ފިހާރަ، ރެސްޓޯރެންޓް ނުވަތަ ކެފޭގެ ނަން ނުފެންނަ ނަމަ http://tiny.cc/gfvolz މި ލިންކު މެދުވެރިކޮށް އެތަނެއްގެ މައުލޫމާތު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީއިން ބުނީ ކޮވިޑް19 އިން ސަލާމަތްވުމަށް، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިތަކާއި، އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފުލެޓުތައް ހިމެނޭ އެއްމެދު އިމާރާތުގެ އާއްމު ސަރަހައްދުތަކާއި، ސިޑީގެ ރެއިލިން ފަދަ ތަންތަން ގަވައިދުން ޑިސްއިންފެކްޓް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ހާއްސަ ސަމާލުކަމެއްދީގެން ހުޅުމާލޭ ބީޗް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޑީސީން ވަނީ މި ދަނޑިވަޅުގައި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން އޮންލައިންގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން އެއްޗެހި ގަތުމަށް އެދިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *