ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި

މީގެކުރިން ފުލުހުންގެ ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ފޮޓޯ / ފުލުހުން

ލ. ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ ޕޮލިސް ލޯންޗު 34ގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 03:54 ހާއިރު ކަމަށެވެ.

އަދި އެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށްފައިވާ ކަމަށާއި، އެ ލޯންޗު ކައިރިއަށް ގޮސް ބެލިއިރު ލޯންޗުގެ ވާގަނޑު އޮތީ ކަނޑާލާފައި ކަމަށާއި މިކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ލޯންޗުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއަށް ނިއްވާލާފައިވަނީ ފަތިހު 5:00 ހާއިރު ކަމަށާއި އެ ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.