ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ބޭރުގައި ތިބި ދިވެހިންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގެއިން ބޭރުގައި 16 ޤައުމެއްގައި ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންއެއް ޤާއިމްކޮށްފައިވެއެވެ. އަދި ފޮރިން މިނިސްޓްރީއިން ވަނީ ބޭރުގައި ދިރިއުޅޭ ދިވެހިން އެބަޔަކު ތިބި ޤައުމެއްގައި ހުންނަ ނުވަތަ އެޤައުމަކާ އެންމެ ކައިރީގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓްރީވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.