3 ރިސޯޓަކުން 2 ބިދޭސީއަކާއި ދިވެއްސަކު ކޮވިޑް19 އަށް ޓެސްޓު ކުރަނީ

ކްލަބް މެޑް ކަނި ފިނޮޅު/ ފޮޓޯ- ގޫގުލް

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތިން ރިސޯޓަކުން ދެ ބިދޭސީއަކާއި ދިވެއްސެއްގެ ސާމްޕަލް ނަގެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓޭކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލަމާތްތައް ހުރެގެން ކުލަބްމެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށާއި، ވެލިގަނޑު އައިލަންޑް ރިސޯޓުންވެސް ކޮވިޑް19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ހުރިހާ ފަރާތްތަކުގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެރިސޯޓުތައް ވަނީ މޮނީޓަރިންގްގެ ހާލަތުގައި ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވިއެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ތިން މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. މި ބަލި ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *