އައްޑޫގައި ފްލޫ ކްލިނިކެއް ހުޅުވައިފި

އައްޑޫގައި ފްލޫ ކްލިނިކެއް ހުޅުވުން/ ފޮޓޯ- ޓުވީޓާ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖޭގައި ވެސް ފެތުރެމުންދާތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން އައްޑޫސިޓީ ގައިވެސް ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

އައްޑޫގައި ފްލޫ ކްލިނިކެއް ހުޅުވާފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. މިކަމާއި ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރި ޓްވީޓެއްގައި ބުނީ، ކެއްސާ، ހުމާއި އަދި ރޯގާގެ އަލާމާތެއް ފެންނަ ނަމަ އެ ކްލިނިކަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ކްލިނިކް ހުޅުވާފައިވަނީ އެޗްއާރްއެޗްގެ ކުރީގެ ޕަބްލިކް ހެލްތް ޔުނިޓުގައި [ކުރީގެ އައްޑޫ ރީޖަނަލް ހޮސްޕިޓަލު] ކަމަށް ބުނެފައި ވެއެވެ.

 

މި ކްލިނިކުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށާއި، މެންދުރު 14:00 އިން ހަވީރު 18:00 އަށެވެ. އަދި ރޭގަނޑު 19:00 އިން ރޭގަނޑު 22:30 އަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވިއެވެ. ނަމަވެސް އެ މީހުންގެ ތެރެއިން ތިން މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. މި ބަލި ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *