ލަންކާއިން ރާއްޖެ އައި އުޅަނދަކުން ބިދޭސީއަކު ޓެސްޓު ކުރަނީ

ކޮވިޑް-19 އަށް އަހުލުވެރި ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ސްރީލަންކާއިން ރާއްޖެ އައި "އެލިއޯން" ކިޔާ އުޅަނދަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭއިން ބުނީ، މި އުޅަނދު ރާއްޖެ އައިސްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މި އުޅަނދުން ބިދޭސީއެއްގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ އުޅަނދު ވަނީ މޮނީޓަރިންގެ ހާލަތަކަށް ގެނެވިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސްރީލަންކާއިން ރާއްޖެ އައި "އެލިއޯން" ކިޔާ އުޅަނދަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާފައިވާއިރު، ސޭންޑީޒް ބަތަލާ ރިސޯޓުންވެސް ވަނީ ބިދޭސީއެއްގެ ސާމްޕަލް ނަގާފައެވެ. އަދި އެ ރިސޯޓު ވަނީ އަނެއްކާ ވެސް މޮނީޓަރިންގެ ހާލަތުގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *