ރިސޯޓުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ މުވައްޒަފުންގެ ބަންދަށް 15 ދުވަސް

ފުވައްމުލަކު ސިޓީ ތުނޑި --

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހި ދެ މުވައްޒަފުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލެ އަތޮޅު ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ 2 މުވައްޒަފުން ރިސޯޓުން ފުރުން މަނާ ކޮށްފައި ވަނިކޮށް، މިމަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، އިއްޔެ ރޭގެ ފްލައިޓުން ފުވައްމުލަކު ސިޓީއަށް އައިސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެމީހުން ވަނީ ފުވައްމުލަކު ސިޓީ އިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. މި މައްސަލާގަިއ ހައްޔަރު ކޮށްފަައިވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެމީހުންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.