ބަތަލާ ރިސޯޓުން އިތުރު މީހަކު ޓެސްޓު ކުރަނީ، އަނެއްކާވެސް އެރަށް މޮނީޓަރިންގެ ހާލަތުގައި

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

ސޭންޑިޒް ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އިތުރު މީހަކު ޓެސްޓު ކުރަމުންދާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، ބަތަލާ ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޓެސްޓު ކުރަމުންދާ ކަމަށާއި، އެ ރިސޯޓު އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ކަމަށެވެ.

ބަތަލާ ރިސޯޓުން އިތުރު މީހަކު ޓެސްޓު ކުރަމުން އަންނައިރު އެ ރިސޯޓުން މީގެކުރިން ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. ނަމަވެސް ސަރުކާރުން ރޭ ވަނީ އެ ދެ މީހުންވެސް ބަލިން ރަނގަޅުވެފައިވާ ކަމަށާއި ނަމަވެސް އޮންނަ އުސޫލުގެ ދަށުން މޮނީޓާ ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރާއްޖެއިން ޖުމްލަ 13 މީހަކު ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ކުރެއްދޫ އިން އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ރަނގަޅުވުމާއި އެކު މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 10 މީހެކެވެ. އެ 10 މީހުންނަކީވެސް ބިދޭސީންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.