އޭޝިއާގެ އެންމެ މުނސަދި މީހާ ރާއްޖެ ހިމެނޭހެން 10 ގައުމަކަށް އެހީވާން ނިންމައިފި

ޗައިނާގެ އެންމެ މުއްސަނދި މީހާ ޖެކް މާ/ ފޮޓޯ- ދަ ޓެލެގްރާފް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން، އޭޝިއާގެ އެންމެ މުއްސަނދި އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޖެކް މާ، ރާއްޖެ ހިމެނޭހެން އޭޝިއާގެ ދިހަ ގައުމަކަށް އެހީވުމަށް ނިންމަވައިފިއެވެ.

ޖެކް މާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް19 އަށް ތައްޔާރުވުމަށް ބޭނުންވާ އިމަޖެންސީ ސްޕަލައި ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެތެރެއިން 1.8 މިލިއަން މާސްކާއި، 210،000 ޓެސްޓިން ކިޓު، 36،000 ޕްރޮޓެކްޓިވް ސޫޓްގެ އިތުރުން ވެންޓިލޭޓަރާއި އަދި ތާމޯމީޓަރު ހިމެނޭ ކަމަށެވެ.

ޖެކްމާ ވިދާޅުވީ މި ތަކެތި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ދިހަ ގައުމަކަށް ހަދިޔާ ކުރާނެ ކަމަށެވެ. އޭގެތެރޭގައި އަފްގާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލައޯސް، މޮންގޯލިއާ، މިއަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ ހިމެނެއެވެ. ޖެކްމާ ވިދާޅުވީ މި ތަކެތި އެކި ގައުމުތަކަށް ފޯރުކޮށްދިނުން ފަސޭހަ ނުވާނެ ކަމަށާއި، ނަމަވެސް ވީހާވެސް އަވަހަކަށް އެތަކެތި ފޯރުކޮސްދޭނެ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް މިހާތަނަށް 277،169 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 11،430 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް 91،989 މީހަކު ވަނީ ސަލާމަތް ވެފައެވެ. ކޮވިޑް19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީ ވިލާތުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.