ރަންދެލި ރިސޯޓުގެ ވިލާއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ރަންދެލި ރިސޯޓޮ/ ފޮޓޯ- ހެޓެލިއާ މިޑްލް އީސްޓް

ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ ވިލާއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ ވިލާ 47 ގައި ކަމަށެވެ. އަދި އެތަނުގައި އަލިފާނުގެ ހާދިިސާއެއް ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 3:40 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ވިލާ 47 ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.