ވޯކް ވިސާ ނެތް ބިދޭސީން ދިވެހި ސަރުކާރުގެ ހަރަދުގައި ގައުމަށް ފޮނުވާދެނީ

ބިދޭސީންތަކެއް-

ވޯކް ވިސާ އަދި ޓްރެވެލް ޑޮކިއުމެންޓް ނެތް ބިދޭސީން ދިވެހި ސަރުކާރުގެ އެހީގައި އެބައެއްގެ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވަނީ ސައްހަ ވޯކް ވިސާއެއް ނުވަތަ ޓްރެވްލް ޑޮކިއުމެންޓެއް ނެތް ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން އަނބުރާ އެބައެއްގެ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް، އެ ގައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަނުން އެ ލިޔެކިޔުންތައް ހޯދައިދޭނެ ކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ ރާއްޖޭގައި މިވަގުތު ވޯކްވިސާ އާއި، ޓްރެވަލް ޑޮކިއުމެންޓެއް ނެތި ހަރަކާތްތެރިވާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ދިވެހި ސަރުކާރުގެ ހަރަދުގައި ފޮނުވާގޮތަށް ނިންމާފައިވާ ކަމަށެވެ.

އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީއަށް ހާޒިރުވުމުގެ ބަދަލުގައި، ޕާސްޕޯޓް ނަންބަރު/ އައިޑީ ނަންބަރު އެ މިނިސްޓްރީގެ ނަންބަރ 7205648 އަށް ފޮނުވާލަ ދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ މެސެޖް ފޮނުވާ ހިސާބުން އެކަމާއި ގުޅޭ މުއާމަލާތްތައް ހިނގަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.