ސެންޓާރާ ގްރޭންޑް އަދި އަދާރަން ރިސޯޓުން 2 ދިވެހިންގެ ސާމްޕަލް ނަގަނީ

ސެންޓާރާ އައިލެންޑް ރިސޯޓް/ ފޮޓޯ- ގޫގުލް

ސެންޓާރާ ގްރޭންޑް އަދި އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ދެ ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ. 

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސެންތާރާ ގްރޭންޑް ރިސޯޓުންވެސް ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން މި ދެރިސޯޓުވެސް ވަނީ މޮނިޓަރިންގް ގެ ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. 

މިހާތަނަށް ރާއްޖެއިން 13 ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، އޭގެތެރެއިން ދެ މީހަކު ރަނގަޅު ވެފައިވާ ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.