އަނެއްކާވެސް އެސްޓީއޯއިން ޑިސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވަނީ ޑީސަލްގެ އަގު ލީޓަރަކުން 1.68 ރުފިޔާ ހެޔޮކޮށްފައެވެ. އަދި ޕެޓްރޯލް ލީޓަރަކުން 1.53 ރުފިޔާ ހެޔޮކޮށްފައެވެ.

މި ބަދަލާއެކު އެސްޓީއޯއިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 8.71 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.07 ރުފިޔާއަށެވެ. މީގެ ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.39 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 9.60 ރުފިޔާއަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މި މަހުގެ ތެރޭގައި ހެޔޮ ކުރި މިއީ ދެވަނަ ފަހަރެވެ. މި މަހުގެ 13 ވަނަ ދުވަހު ވެސް އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *