ވިސާމްގެ ބަހުގެ ހަމަލާ ޝަރީފަށް: ދަތްދޮޅި އަދި ހުރީ ސަލާމަތުން

ވިސާމް ވަނީ ޝަރީފަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައި: ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ މިއަދު ދައްކަވާތީ އޭނާއަށް ވަނީ ފާޑުކިޔުން އަދާމުވެފައި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް “ޗެނަލް13″އިން ގެނެސްދިން ވާހަކަތައް ދިފާއު ކުރައްވައި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވާހަަކަފުޅު ދެއްކެވުމުން ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ބަހުގެ ނޫހު ހަމަލާތަކެއް އޭނާއަށް ރައްދު ކުރައްވައިފިއެވެ.

ފަހުގެ ތާރީހެއްގައި ނޫސްވެރިންނަށް ހުރަސްތަކާއި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗެނަލް13އަށް މިހާރު ކުރަމުން އެ ދަނީ އޭރު ރާއްޖެޓީވީއަށް ކުރި ކަންކަން ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ދިވެއްސަކަށް ކޮވިޑް19 ޖެހިއްޖެ ޖެހިފައިވާ ކަމަށް ބުނެ، “މަޑިސީލަ ޕްރޮގްރާމް”އިން ހަގީގަތް ނުބަލާ ފެތުރި ވާހަކައާ ގުޅިގެން އެ ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކާސްޓިކް ކޮމިޝަނުން އަންގާފައިވާތީ އެ މައްސަލައަށެވެ.

ޝަރީފަށް ރައްދު ދެއްވައި ވިސާމް ވަނީ އޭނާއަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

“މީޑިއާގެ ވާހަކަ އާދަމް ޝަރީފް މިއަދު ދައްކަވާއިރު، ލަދުގެ ކަންފުޅެއް ވެސް ނެތީތޯ؟ ރައީސް ޔާމީންގެ ވެރިކަމުގަ ރާއްޖެޓީވީގެ ނޫސްވެރިން ގާނޫނާއި ގަވާއިދުތަކާ ޙިލާފަށް ހައްޔަރުކޮށް ނުހައްގުން އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާކުރިކަން ހަނދާން ނެތުނީތޯ؟” ރައީސް ޔާމީންގެ ވެރިކަމުގައި އެތައްފަހަރަކު ހައްޔަރުކޮށް ޖަލުގައި އޮންނަން ޖެހުނު ކުރީގެ ނޫސްވެރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ހުންނެވީ ޢައިރު ޤާނޫނީ އަމުރު ކުރެއްވުމުގައި މީހުންގެ ދަތްދޮޅި ދުއްވާލުމުގައި ކަމަށެވެ.

“އިރާދުުކުރެއްވިއްޔާ އަޅުގަނޑުމެންގެ ދަތްދޮޅި އަދި ހުރީ ސަލާމަތުން،” ވިސާންގެ ފޭސްބުކްގައި ވިދާޅުވެފައިވެއެވެ.

ޝަރީފަށް އަމާޒު ކުރައްވައި “ދަންދޮޅި ހުރީ ސަލާމަތުން” ކަމަށް ވިސާމް ވިދާޅުވެފައި ވަނީ ޝަރީފު ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު، ލީކުވި އޯޑިއޯއަކަށް އިޝާރާތް ކުރައްވައެވެ. ސިފައިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޝަރީފު ދެއްކެވި އެ ވާހަކަފުޅުގެ އޯޑިއޯގައި ވިދާޅުވެފައި ވަނީ މަޖިލިސް މެމްބަރުންގެ ދަތްދޮޅު ދުއްވާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. hurasthakaa kurimathilaan jehununama raatv vujoodhuga otheestha? hamatha laadheenee baigandu. hajameh nuvaane. dhen jassaanee eahvvure gadha ah. heybalivey.

  2. mash-hoor noosveriyaa ey! adhi kiriyaa mi engujee noosveriehkanves menbarehkanves. kekekeke mashhooroa. amillaah mashhooru tag jahaigen hiyhamajassaalaa kaloamen

ހިޔާލު ދެއްވާ!

Your email address will not be published.