ޓެންޑާ ބޯޑުގެ ޗެއާމަން އަކަށް ޒަރިޔަންދު

އިސްމާއީލް ޒަރިޔަންދު--

ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން ކަމަށް ކުރީގެ މަޝްހޫރު ގޯލް ކީޕަރު އިސްމާއިލް ޒަރިއަންދު ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތެރޭގައި އޮންނަ ޓެންޑަ ބޯޑުގައި އަށް މެންބަރުން ތިއްބަވާއިރު ޒަރިޔަންދު އެ މަގާމަށް ހަމަޖައްސާފައި ވަނީ ޕްރައިވެޓު ސެކްޓާ ނުވަތަ އަމިއްލަ ކުންފުނުތައް ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އަދި އޮޑިޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒަރިޔަން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ ކުރީކޮޅެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރާތާ 32 އަހަރު ވަނީ ވެފައެވެ.

އޭނާ ސަރުކާރުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައި ވަނީ ފިނޭންސްއާ ގުޅުންހުރި ދާއިރާތަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *