މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލަނީ

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

އަވަށްޓެރި އިންޑިއާއަށް ގައުމީ އެއާލައިން މޯލްޑިވިއަން ކުރަމުން އަންނަ ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19އާ ގުޅިގެން އިންޑިޔާގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރެވޭނެ އެންމެ ފަހުގެ ތާރީޚަކީ މާރޗް މަހުގެ 22ވާ އާދިއްތަކަމަށް އެ ޤައުމުގެ ސިވިލްއޭވިއޭޝަނުން ނިންމާފައިވާތީ 21 މާރޗުން ފެށިގެން އަޅުގަނޑުމެން އިންޑިޔާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާނެ ވާހަކަ ދަންނަވަމެވެ.

އިންޑިއާގެ ސަރުކާރުން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އަދި އުމުރުން 65 އަހަރާއި 10 އަހަރުން ދަށުގެ ކުދިން ގެއިން ބޭރަށް ނުނިކުންނަން ވެސް އެގައުމުގެ ސަރުކާރުން މިއަދު ވަނީ އަންގާފައެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް އިންޑިއާއިން ވަނީ 194 މީހަކު ޕޮޒިޓިވް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *