މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކުރަން އަންގައިފި

މަލޭގެ ކެފޭއެއް/ ފޮޓޯ- ކެފޭ އަލް ފްރެސްކޯ

މާދަމާ ރޭ މެންދުރު 12:00 އިން ފެށިގެން ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރެންޓު ތަކާއި، ކެފޭތައް ބަންދު ކުރަން ސަރުކާރުން އަންގައިފިއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ، ވިލިމާލޭ އަދި ހުޅުމަލޭގެ ހުރިހާ ކެފޭ އަދި ރެސްޓޯރަންޓްތައް މާދަމާ ރޭ މެންދަމު 12 އިން ފެށިގެން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރެންޓުތަކަށް ދެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޕީއޭ އިން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ޝީޝާގެ ހިދުމަތް ދޭ ތަންތަން ވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކާއި ޔުނިވާސިޓީ ތަކުގެ އިތުރަށް، ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

އަދި ރިސޯޓުތަކުން ރަށްރަށަށް އަރާ ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖެއަށް 30 ދުވަހުގެ މުއްތަދަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.