އައިލެންޑު ސަފާރީން ޕޮޒިޓިވްވި މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލް-

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު، އައިލެންޑު ސަފާރީން އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އައިލެންޑް ސަފާރީ އިން ކޮވިޑް19 އަށް ކުރިން ޕޮޒިޓިވްވި ބިދޭސީއެއް، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީ.އެޗް-11 އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެޗްޕީއޭ އިން ބުނީ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 153 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 16 މީހަކު އެބަހުރި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.