ސަފާރީއެއްގައި ހުރި ދިވެއްސަކު ޝައްކު ކުރެވޭތީ ޓެސްޓު ކުރަނީ

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީތަކެއް: ފޮޓޯ / ލިވަބޯޑު އެސޯސިއޭޝަން

ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަފާރީއެއްގައި ހުރި ދިވެއްސަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން “އެކުއެޓާ” ސަފާރީ ގައި ހުރި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެ އުޅަނދު މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ސަފާރީއަކުން ދިވެއްސަކު ކޮވިޑް19 އަށް ޝައްކު ކުރެވޭތީ ޓެސްޓު ކުރާއިރު އއ. ބޮޑުފުޅަދޫ އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ އެރަށަށް އަރާ ފޭބުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 153 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 16 މީހަކު އެބަހުރި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.