ބޭރުގެ ސަފާރީ އަދި ޔޮޓުތައް ރާއްޖެ އައުން މަނާކޮށްފި

ސަފާރީތަކެއް --

އެހެން ގައުމަކުން ފުރާ ޔޮޓާއި ސަފާރީ ރާއްޖެ އައުމާއި އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިރޭ ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އެހެން ގައުމުތަކުން ފުރާ ޔޯޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެކަމަނާ މިގޮތަށް ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

އެކަމަނާ ވިދާޅުވީ އެ އެންގުމަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް އެދޭ ކަމަށެވެ. އަދި އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށްވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.