ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ފޮޓޯ / ހަތާވީސް

ކޮވިޑް-19 އާއި ގުޅިގެން ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބީއެމްއެލް އިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތަށް ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އަންނަ ހަފްތާގައި އެކަމާ ގުޅޭ ތަފްސީލުތައް ބީއެމްއެލް އިން ހާމަކުރަމުންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ވެސް މި ޕެކޭޖުގެ ތެރެއިން ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިކަންކަން ކުރަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިއަދު ތައާރަފްކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިންނެވެ.

މިޕެކޭޖުގެދަށުން ކަރަންޓާއި ފެން ބިލަށް 300 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ. މީގެ އިތުރުން އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު ވަރަށްބޮޑަށް ހީނަރުވެގެންދާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް %7.5 ކުރިއަރާނެކަމަށް ކުރިން ކޮށްފައިވާ އަންދާޒާއާ ޚިލާފަށް އުފެއްދުންތެރިކަމުގެ ނިސްބަތް %0.5އަށް ދަށްވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. vaki bayakah thikan koh dheyne kameh nei, mi dhuvaskolhu huriha emen nagaafaiva loan thakahves hama thi usool gen gulhen jeheynee. vaki bayakah vaki gotheh nahadha. loan nagaanee komme meehakuves haalugai jehigen. mi dhuvas kolhu thanthanun dhey musaara kudaves vaane. khaassakoh OT gothugai. Service charge ge gothugai libey ethikolhu kudavaane. visna dhen .

ހިޔާލު ދެއްވާ!

Your email address will not be published.