ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކުރިޔަށް އޮތް ދެ މަހު ސަބްސިޑައިޒް ކޮށްދެނީ

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-ފޮޓޯ: ގޫގުލް

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް އޮތް އޭޕްރީލް އަދި މެއި މަހު ކަރަންޓު ބިލުތަކުން 40 އިންސައްތަ އަދި ފެން ބިލުތަކުން 30 އިންސައްތަ ސަބްސިޑައިޒް ކޮށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ނިންމައި މީގެ ކުރިން އެކަން އިއުލާންވެސް ކޮށްފައިވެ އެވެ.

އެގޮތުން އެމްޑަބްލިއުއެސްސީގައި ފެން ދޫކުރަނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. ބޭންޑް އޭގެ ދަށުން ޓަނަކުން 22 ރުފިޔާ މާފުވާނެ އެވެ. ބޭންޑް ބީގެ ދަށުން ޓަނަކަށް 70 ރުފިޔާ މާފުވާއިރު، ބޭންޑް ސީގެ ދަށުން ފެން ޓަނަކުން 90 ރުފިޔާ ކުޑަވާނެ އެވެ.

ފެން ކުންފުނި، އެމްޑަބްލުއެސްސީއިން ބުނެފައިވާ ގޮތުގައި މިކަމަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ވަރު ހޭދަވާނެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކޮށް ވަޒީފާތައް ހިފެހެއްޓުމަށް އިގްތިސާދީ އެހީގެ 2.5 ބިލިއަން ރުފިޔާ ގެ ޕެކޭޖެއް ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *