ދެ ބިދޭސީއަކާއި 8 ދިވެއްސަކު ޕެރެޑައިސް އިން ޓެސްޓުކުރަނީ

ޕެރެޑައިސް އައިލެންޑު ރިސޯޓު --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސްއާ ގުޅިގެން ޝައްކު ކުރެވޭ ދެ ބިދޭސީއަކާއި 8 ދިވެއްސަކު ޕެރެޑައިސް އައިލެންޑު ރިސޯޓުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓްގެ 2 ބިދޭސީއަކާއި 8 ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނީޓަރިން އަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. 

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަސްއަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އޭގެ އިތުރުންވެސް އިތުރު މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.