ރަޝިޔާގައި ތިން ދިވެއްސަކު ކަރަންޓީން ކޮށްފި

ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ރަޝިއާގައި ދިވެހި ތިން ދަރިވަރަކު ކަރަންޓީންކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ފުރައިގެން ރަޝިއާއަށް ކިޔަވަން ދިޔަ ތިން ދިވެހި ކުއްޖެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ހުރުމުން ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ތިން ދިވެހިންގެ ހާލަތުވެސް ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަޝިއާގައި 3 ދިވެހި ކިޔަވާ ކުދިން ރާއްޖެއިން ދަތުރުކޮށްފައިވޭ. މިކުދިންގެ ގައިން ބަލީގެ އަލާމަތް ހުންނަ ކަމަށް ރަޝިއާގެ ކަމާއި ގުޅޭ ފަރާތްތަކަށް ފެންނާތީވެ އިތުރު ފަސް ދުވަހަށް ކަރަންޓީން ކުރުމަށް ވަނީ ނިންމާފައި،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނާއި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.