ރޯގާގެ އަލާމާތެއް ހުރި ނަމަ ބަސް އަދި ފެރީގައި ދަތުރު ނުކުރަން އިލްތިމާސްކޮށްފި

ހުޅުމާލެ ފެރީ/ ފޮޓޯ- ސަން

އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް ހުރި ނަމަ ބަސް އަދި ފެރީގައި ދަތުރު ނުކުރުމަށް މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިލްތިމާސްކޮށްފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ, ކޮރޯނާވައިރަސް އާއި ގުޅިގެން އެ އެކުންފުނިން އަންނަނީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކާއި، ދެކުނުގައި ދުއްވާ ފެރީތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެމްޕީއެލްގެ ބަސްތައް ޑިސްއިންފެކްޓް ކުރަނީ/ ފޮޓޯ- އެމްޕީއެލް

ޝަހިދު ވިދާޅުވީ، މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ބަސް އަދި ފެރީ އިން އެއްވެސް ފަރާތަކުން ދަތުރު ނުކޮށް މަޑު ކޮށްލުމަށް އިލްތިމާސްކޮށްފައެވެ. އަދި އޭގެއިތުރަށް ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށާއި، ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަސް ދަތުރުވެސް އަދި ފެރީ ދަތުރުވެސް ނުކުރުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަސްއަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އޭގެ އިތުރުންވެސް އިތުރު މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *