ގެއްލުނު ދޯނި ފެނިއްޖެ

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

ފަސް މީހުންނާއެކު ފަރު މަސްވެރިކަން ކުރަންއުޅުނު “އަލްމަސް” ނަމަކަށް ކިޔާ ދޯންޏެއްގެ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ދޯނީގެ ހަބަރެއް ވެފައިވަނީ މިއަދު ހެނދުނު 9:05 ހާއިރު ކަމަށެވެ. އަދި މިހާރު އެ ދޯނި މާލެ ސިޓީ މަސްމާރު ކޭޓާށް ދަތުރު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނި މަސްވެރިކަން ކުރަން އުޅުނީ ވ. ރަކީދޫ ކައިރީގައި ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދިން ކަމަށެވެ. އަދި ދޯނީގައި ތިބި ފަސް ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ފަސް ދިވެހިންނާއެކު ދަތުރުކުރި އެ ދޯނީގެ ހަބަރެއް ނުވެވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިފޯޓު ލިބިފައިވަނީ އިއްޔެ 15:20 ހާއިރުއެވެ. އެ ދޯންޏާއި އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު 09:50 ހާއިރު ވ.އަތޮޅު ތެރޭގައި އޮއްވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *