ފަސް މީހުންނާއެކު މަހަށް ދިޔަ ދޯންޏެއް ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ދޯނި/ ފޮޓޯ- އެމްއެންޑީއެފް

ފަރު މަސްވެރިކަން ކުރަންއުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ފަސް ދިވެހިންނާއެކު ދަތުރުކުރި އެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރުއެވެ. އެ ދޯންޏާއި އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު 09:50 ހާއިރު ވ.އަތޮޅު ތެރޭގައި އޮއްވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެދޯންޏަކީ ދިގުމިނުގައި 35 ފޫޓް ހުރި ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައިރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ އެ ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެކެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވުން އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *