ކޮވިޑް19: ޓޫރިޒަމް ޓްރަސްޓު ފަންޑުން ގެނައި މެޑިކަލް ޓީމް ރާއްޖެ އަތުވެއްޖެ

ޓޫރިޒަމް ޓްރަސްޓު ފަންޑުން ގެނައި މެޑިކަލް ޓީމް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ ބައްދަލުކުރައްވަނީ: ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް ޓްރަސްޓު ފަންޑުން ގެންނަން ނިންމި ބޭރުގެ މެޑިކަލް ޓީމް މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ދުނިޔޭގެ ފެންވަރުގެ އިމަޖެންސީ ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ޓީމްގައި ހިމެނެނީ ހަ މީހުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ ޓީމުގައި ހިމެނެނީ ރާއްޖޭގެ ވައިރަހުގެ އެޑްވައިޒަރީ ގުރޫޕަށް އެހީތެރެވެދޭނެ ދެ ޑޮކްޓަރުންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވައިރަހާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ވިލަރެސްކޮށްދިނުމުގައި އެފަދަ އޮޕަރޭޝަންތަކުގައި ތަޖުރިބާ ލިބިފައިވާ ކޯޑިނޭޓަރަކާއި، ކަރަންޓީން ރަށްތަކުގައި މަސައްކަތް ކުރާނެ ދެ ނަރުހުންނާއި އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. ދެން ތިބީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނެވެ. އެ ފަތުރުވެރިންގެ ތެރެއިންވެސް އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.