ރައީސް އާއި، ނައިބު ރައީސް އަދި މެންބަރުންގެ މުސާރަ 20 ޕަސެންޓް ކުޑަ ކުރަން މަޖިލީހުން ނިންމައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިްހ/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ރައީސް އާއި، ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް ކުޑަ ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖެެއިން ކޮވިޑް19 ފެނިފައިވުމުން އިގްތިސޯދަށް އެކަމުގެ ސަބަބުން ލޮޅުންތައް އަރަމުން ދާތީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލިސް މެންބަރުންގެ މުސާރަ 20 ޕަސެންޓު ކުޑަ ކުރުމަށް ހުށަހެޅި ހުށަހެޅުން  މާލިއްޔަތު ކޮމިޓީން މިއަދުވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ރައީސް އާއި އަދި ނައިބު ރައީސް އާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓް ދެ މަސް ދުވަހަށް އުނި ކުރުމަށް ފާސްކޮށްފައެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް މުސާރަ އުނިކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށް ފައިވަނީ ވޯޓު ގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އެގޮތުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅު އެޅުމުގެ ގޮތުން، އާ ވަޒީފާތައް އުފެއްދުން މަޑު ޖައްސާލައި، އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާ ކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް ކަމަށާއި ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

މި ބަދަލުގެ ސަބަބުން މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި ޢަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *