އިލެކްޝަން ކޮމިޝަނަށް އަކްރަމް އައްޔަން ކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް-

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އަހުމަދު އަކްރަމް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

އަކްރަމްގެ މަގާމުގެ މުއްދަތު މި މަހުގެ 23ގައި ހަމަވާތީ، އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އަކްރަމްގެ ނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 އަގުލަބިއްޔަތުންނެވެ. އޭނާގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އޭނާއަށް ވޯޓު ދިނުމަށް ތުރީލައިން ވިޕެއް ނެރެފައިވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ލިސްޓުގެ ކުރީގައި ވެސް އޮތީ އޭނާގެ ނަމެވެ.

އަކްރަމް އީސީގެ މެމްބަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން އެމަގާމަށް ކުރިމަތިލެއްވީ އަކްރަމްގެ އިތުރުން އީސީގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒާއި ހަނީފާ ޚާލިދުގެ އިތުރުން އަހްމަދު މަންސޫރެވެ.

ހިޔާލު ދެއްވާ!

Your email address will not be published.